ޕްލޭނެއް ނެތި ވަޢުދުތަކެއް ވެވަޑައިގަންނަވަމުންދާކަމަށް ކުރާ ތުހުމަތުތަކަށް ރައީސް ރައްދުދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 199 ދުވަސް ކުރިން - 28 ޖެނުއަރީ 2025 13:18
ރައީސް މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ، އެކަމެއް ފުއްދާނެގޮތުގެ ޕްލޭން ކުރެވި، ކުރިއަށްދާނެގޮތް ދެނެގަނެގެން ވެވަޑައިގަންނަވާ ވަޢުދުތަކެއް.

ޕްލޭނެއް ނެތި ވަޢުދުތަކެއް ވެވަޑައިގަންނަވަމުންދާކަމަށް ކުރާ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދުދެއްވައިފިއެވެ.

މުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ، އެކަމެއް ފުއްދާނެގޮތުގެ ޕްލޭން ކުރެވި، ކުރިއަށްދާނެ ގޮތް ދެނެގަނެގެން ވެވަޑައިގަންނަވާ ވަޢުދުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ކަމެއް ވެސް ތަރުތީބު ކުރެވިފައިވާ ކަމަށާއި، މިހާރު ދައްކަވާ ވާހަކަފުޅު ތަކަކީ ކަންކަން ކުރެވޭނެ ގޮތް މަޝްވަރާކުރައްވައި، ކުރެވޭނެ ގޮތް ކަނޑައަޅުއްވައިގެން އަދި ތަފްސީލުކޮށް ކުރެވޭނެ ގޮތް ހަމަޖެހިގެން ދައްކަވާ ވާހަކަފުޅުތަކެއް،ކަމަށެވެ.

މުރައިދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަޢުލީމީ ދާއިރާ ވެސް ތަރައްޤީ ކުރައްވާނެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މުރައިދޫގައި ކުޅިވަރުގެ ވަސީލަތްތައް ވެސް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%