މަޝްހޫރު ނެޓްފްލިކްސް ސީރީސް "ބާލިން" ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފި ކަމަށް ނެޓްފްލިކްސްއިން ހާމަކޮށްފިއެވެ. މިއީ ނެޓްފްލިކްސްގެ ތާރީޚުގައި އިނގިރޭސި ނޫން ބަހަކުން އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި 10 ސީރީޒްގެ ތެރޭގައި ހިމެނޭ ސީރީޒެކެވެ.
ނެޓްފްލިކްސްއިން ބުނީ، މި ސީރީޒްގެ ދެވަނަ ސީޒަންގެ އެޕިސޯޑު ތަކުގެ ޝޫޓިން ފަށާފައި ވަނީ ފުރަތަމަ ސީޒަންގެ ކާމިޔާބުކަމާއި ގުޅިގެންނެވެ. ފުރަތަމަ ސީޒަނުގައި އަންދްރޭސް ދެ ފޮނޮލޯސާ (ނުވަތަ ބަރލިން) ގެ ސަމާލުކަން ހޯދާފައިވާ މަނީ ހައިސްޓްގެ ކުރީގެ ވާހަކަ އޮޅުންފިލުވައިދީފައި ވެއެވެ. ނަމަވެސް، މި ސީރީޒްގެ ދެވަނަ ސީޒަން ނެރޭނެ ތާރީޚެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ދެވަނަ ސީޒަނުގައި ވެސް ކުރީގެ އެކްޓަރުން ގިނަ ބައެއް ފެންނާނެ ކަމަށް ބުނެފައި ވެއެވެ. މީގެ ތެރޭގައި ޕެޑްރޯ އަލޮންސޯ (ބާލިން)، މިޝެލް ޖެނާ (ކެއިލާ)، ޓްރިސްޓާން އުލޯއާ (ދަމިއާން)، ބެގޯނާ ވާގަސް (ކެމެރޯން)، ޖޯއެލް ސާންޗެޒް (ބްރޫސް) އަދި ޕެނާ ފަރނާންޑެޒް (ރޯއީ) ހިމެނެއެވެ.
މީގެ އިތުރުން، ދެވަނަ ސީޒަނަށް އައު މޫނުތަކެއް ވެސް ތަޢާރަފުވާނެ ކަމަށް ނެޓްފްލިކްސްގެ ރަސްމީ ވެބްސައިޓުގައި ބަޔާންކޮށްފައި ވެއެވެ. މިގޮތުން އިންމާ ކުއެސްޓާ (ކަންދެލާ)، ޚޯސޭ ލުއިސް ގާސިއާ-ޕޭރެޒް (އާލްވަރޯ ހެރްމޯސޯ ދެ މެދީނާ - ޑިއުކް އޮފް މާލަގާ) އަދި މާރތާ ނިއެތޯ (ޖެނޮވޭވާ ދަންތެ - ޑަޗެސް އޮފް މާލަގާ) ފަދަ އެކްޓަރުން ހިމެނެއެވެ.
ނެޓްފްލިކްސްއިން ބުނީ، ބާލިންގެ ދެވަނަ ސީޒަނުން ފެންނާނީ އާ އަދި ފޯރިގަދަ ތަންތަނެވެ. މިކަމުން ފޭނުންނަށް އައު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.