Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތަޙުޤީޤަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް އޭސީސީން ބުނެފި

ތަޙުޤީޤަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް އޭސީސީން ބުނެފި

އަައިޝަތު ޒީނާ
497 ދުވަސް ކުރިން - 27 ޖެނުއަރީ 2025 13:51
ތިނަދޫ ސިޓީ. / ފޮޓޯ: ސޯޝަލް މީޑިއާ
ތިނަދޫ ސިޓީ. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

އޭސީސީން ތިނަދޫ ސިޓީ ކައުންސިލަށް ވަދެފައިވަނީ އެ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވާތީ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤު ކުރަމުން އަންނަ މައްސަލަތަކަށް އެ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ތިނަދޫ ސިޓީ ކައުންސިލަށް ވަދެފައިވަނީ އެ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވާތީ އެވެ.

އެ މައްސަލަތަކާ ގުޅިގެން އޭސީސީގެ ޓީމެއް އިއްޔެ ތިނަދޫ ސިޓީ ކައުންސިލްގައި ވަނީ ހަރަކާތްތެރިވެފައެވެ. އޭސީސީން ލިޔެކިޔުންތައް ހޯދުމަށް ތިނަދޫ ސިޓީ ކައުންސިލަށް ވަނުމުން ކައުންސިލުން އެކަން ސިފަކޮށްފައިވަނީ "ވައްކަމެއް" ގެ ގޮތުގައެވެ.

Advertisement

Advertisement 1

އެކަމާ ގުޅޭ ގޮތުން އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ސިޓީއާ ގުޅޭ މައްސަލަތަކާ ގުޅޭ ގޮތުން ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީއާއި އޭސީސީގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނުގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެކަމާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތަކީ ދޮގު މަޢުލޫމާތެއް ކަމަށާއި އެ ކޮމިޝަނާ ގުޅޭ ގޮތުން ފަތުރަމުންދާ ޚަޤީޤަތާ ޚިލާފު މަޢުލޫމާތަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ މެދު އޭސީސީން އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ތިނަދޫ ސިޓީއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
Ad
Ad

ގުޅޭ ޚަބަރުތައް

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

5 ދުވަސް ކުރިން - 17:27

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

13 ދުވަސް ކުރިން - 12:08

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

29 ދުވަސް ކުރިން - 17:52

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ފަށަނީ

44 ދުވަސް ކުރިން - 10:49

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

61 ދުވަސް ކުރިން - 21:19

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

73 ދުވަސް ކުރިން - 19:30

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%