އިންޑިއާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި 17 މީހުން މަރުވެފައިވާތީ، އެކަން ތަޙުޤީޤު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އިންޑިއާއިން ބުނެފިއެވެ. މަރުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ވެސް ހިމެނެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ސިކުނޑިއާއި ނާރުތަކަށް ގެއްލުން ލިބުން ހިމެނެއެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި މި ބަލި ފާހަގަކުރެވެން ފެށީ މިދިޔަ ޑިސެންބަރުގައި ޖައްމޫ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިންނެވެ.

ބަލި ފެތުރުނަ ނުދިނުމަށް އެ ސަރަޙައްދުގެ 230 މީހުން ވަނީ ކަރަންޓީނު ކޮށްފައިވާއިރު. މެޑިކަލް ޓީމުތަކުން މިހާރު ދަނީ މި ބަލީގެ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން ޖަންކްޝަންތަކާއި ބޯފެނުގެ ސާމްޕަލްތައް ވެސް ނަގަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.