އައްޑޫ ސިޓީގެ އެންމެ ރީތި އެއް ތަން ކަމަށް ބެލެވޭ މީދޫ މަތިކިޅީގައި އަލިފާން ރޯވެ، އަނދަމުންދާތީ އެ ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފްގެ ބޭފުޅުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި ސ. ހުޅުމީދޫ އަށްދާ ފަތުރުވެރިންގެ މަޤަބޫލް ކުޅީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ހުޅުމީދޫ ފަޔަރ ސްޓޭޝަނުން މަސައްކަތް ކުރަމުންދެއެވެ. މީގެ އިތުރުން ކައުންސިލާއި ހުޅުދޫ އަދި މީދޫގެ ރައްޔިތުން ވެސް މި މަސައްކަތުގައި ބައިވެރިވެއެވެ.

މީދޫގެ މަތިކިޅީގައި އީކޯ ގާޑަނެއް ހަދާފައިވާއިރު، މިތަނަކީ އައްޑޫގެ އެންމެ ރީތި އެއް ތަނެވެ. އަދި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް މަޤްބޫލު ތަނެކެވެ.