މޫސުން ގޯސްވުމާއި ގުޅިގެން މިރޭ ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ހަވާ އެރުވުން ކެންސަލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓާއި ދިމާ ބޭރު ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ.
މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާއި ގުޅިގެން ކުރިއަށްގެންދަން ނިންމި ހަރަކާތެއް ކަމަށާއި ނަމަވެސް މިހާރު މޫސުން ތަންނުދޭތީ އެ ހަރަކާތް ކެންސަލް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.








