Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
542 ދުވަސް ކުރިން - 25 ޖެނުއަރީ 2025 14:24
ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން.
ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން.
ޚުލާސާ

ފުވައްމުލަކު ސިޓީގައި ގާއިމުކުރާ މި ކްރިއޭޓަރ ހަބް ހުންނާނީ އެ ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގަ.

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ފުވައްމުލައް ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު މުޙައްމަދެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގެވެ.

އެގޮތުން، ފުވައްމުލަކު ސިޓީގައި ގާއިމުކުރާ މި ކްރިއޭޓަރ ހަބް ހުންނާނީ އެ ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ. މި ހަބް ގާއިމުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ފަންނުވެރިންނާ ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ބީސީސީ ބުންޏެވެ،

Advertisement

Advertisement 1

މިކަމާއި ގުޅޭގޮތުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވީ، އަތޮޅުތަކުގައި ގާއިމްކުރެވޭ ކްރިއޭޓަރ ހަބުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ހަލުވިވެގެންދާނެ ކަމަށެވެ. އަދި ފަންނުވެރިންނަށް ފުރުޞަތުތައް ފަހިވުމާއެކު، ދިމާވާ ދަތިތަކަށް ހައްލު ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މާލޭގައި ކްރިއޭޓަރ ހަބެއްގެ މައި އިމާރާތް އެޅުމުގެ މަސައްކަތް ފެށުމާއި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އުފެއްދުން ހިމެނެއެވެ. މި ފަންޑުން ފިލްމު، މިއުޒިކް، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 20:34

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

"ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

164 ދުވަސް ކުރިން - 18:57

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

224 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

423 ދުވަސް ކުރިން - 19:08

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

452 ދުވަސް ކުރިން - 08:05

އައްޑޫ ސިޓީގެ ބިމެއް ދޫކޮށްލުމަށް ބީސީސީން ނިންމީ ސަރުކާރުގެ މާ މުހިންމު މަޝްރޫޢަކަށް

ބީސީސީގެ ބިން ދޫކޮށްލީ މާ މުހިންމު މަޝްރޫޢަކަށް

576 ދުވަސް ކުރިން - 13:56