މާލޭގައި ހިނގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހެއް ރޭ 11:40 ގައި އައިޖީއެމްއެޗް އަށް ގެނެސްފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ މާލޭގައި ރޭ ހިނގި މާރަމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީގެން ޒަހަމްވި މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.









