އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމަށް އަހްމަދު ޝަފީއު އައްޔަންކޮށްފި

ހުސައިން އިސްމާއިލް | 267 ދުވަސް ކުރިން - 24 ޖެނުއަރީ 2025 19:32
ޚުލާސާ

މިއީ ޝަފީއު އައިއޭއެސްގެ ޗެއާމަންކަން ފުރުއްވާ ދެވަނަ ފަހަރު. އެންމެ ފުރަތަމަ މި މަޤަމާއި ޝަފީއު ޙަވާލުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި.

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަން ސަރވިސަސް (އައިއޭއެސް)ގެ ޗެއާމަން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އައްޔަންކޮށްފިއެވެ.

އައިއޭއެސްއިން މިއަދު ވަނީ ޝަފީއު އެ މަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށް، އޭނާއަށް މަރުހަބާ ދަންނަވާފައެވެ. މިއީ ޝަފީއު އައިއޭއެސްގެ ޗެއާމަންކަން ފުރުއްވާ ދެވަނަ ފަހަރެވެ.

ކުރިން ޝަފީއު މި މަޤާމު ފުރުއްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 އިން 2018 ގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެ ދުވަސްވަރު އޭނާ މި މޤާމު ފުރުއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ވެސް އަދާކުރައްވަމުންނެވެ.

މިހާރުގެ ސަރުކާރުގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤަ،ަށް ޝަފީއު އައްޔަންކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި، 2012 އިން 2013 އަށް ފިޝަރީޒް މިނިސްޓަރުގެ މަޤާމު ވެސް ޝަފީއު ފުރުއްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%