
ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ފުޓްސަލް މެޗެއް ނިމުމަށްފަހު، ދަނޑުމަތީގައި އޮށޯވެފައި އޮތް ބެލެނިވެރިއަކު ކުއްލިއަކަށް ނިޔާވެއްޖެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެ ސްކޫލްގެ ގްރޭޑް 10ގެ ބެލެނިވެރިއެއްކަމަށްވާ އަހްމަދު ޝަރީފް، ދަފުތަރު ނަންބަރު ރސ 12602/މާލެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާއެކު އެ ބެލެނިވެރިޔާ ވަނީ އައި.ޖީ.އެމް.އެޗަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ސްކޫލުން މަޢުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ..
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ނިޔާވި ފަރާތަކީ ފިރިހެނެކެވެ. ނަމަވެސް އޭނާގެ އުމުރާއި އިތުރު ތަފްސީލުތަކެއް މި ވަގުތު ހާމަކޮށްފައެއް ނުވެއެވެ.









