Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަލަސްޠީނަށް މަދަދު ދޭތީވެ ޔަމަނުގެ ޙޫޘީން ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާއިން ކަނޑައަޅައިފި

ފަލަސްޠީނަށް މަދަދު ދޭތީވެ ޔަމަނުގެ ޙޫޘީން ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާއިން ކަނޑައަޅައިފި

ޖަވާދު
539 ދުވަސް ކުރިން - 23 ޖެނުއަރީ 2025 14:36
ހޫޘީންގެ ލަޝްކަރެއް. އެމެރިކާއިން ވަނީ ހޫޘީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާފަ.
ހޫޘީންގެ ލަޝްކަރެއް. އެމެރިކާއިން ވަނީ ހޫޘީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާފަ.
ޚުލާސާ

ހޫޡީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ ދަނީ ރައްޔާރުވަމުން.

ޣައްޒާ ހަނގުރާމައާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުންގެ ދިފާޢުގައި ތެދުވި ޔަމަނުގެ ޙޫޘީން ޓެރަރިސްޓު ޖަމާއަތެއްގެ ހޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް ކަނޑައަޅުއްވައިފިއެވެ.

ޣައްޒާގެ މުސްލިމުންނަށް މަދަދުދޭތީވެ އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުގެ ޤައުމުތަކުން ދަނީ ޔަމަނަށް ދޭތެރެދޭތެރެއިން ބޮން އަޅަމުންނެވެ.

ހުޅަނގުގެ ޤައުމުތަކާއި އެމެރިކާއިން ދިޔައީ ފަލަސްތީނުގެ ނަސްލެއް ނައްތާލުމަށް އިޒުރޭލުން ހިންގި އަނިޔާވެރި ޖަރީމާގައި ސިއްރުން އެކި ގޮތްގޮތުން ބައިވެރިވެ ތާއީދު ކުރަމުން ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން، އެފަރާތްތަކަށް ނިސްބަތްވާ އަދި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ބޯޓުފަހަރަށް ޔަމަނުގެ ހޫޘީން ދަނީ ޙަމަލާތައް ދެމުންނެވެ. 

Advertisement

Advertisement 1

މިއާއެކު މިފަހަރު ރައީސްކަމަށް ދެވަނަފަހަރަށް ހުވައި ކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޙޫޘީންނަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ އިއްޔެ ސޮއިކުރެއްވި ގަރާރެއްގައެވެ.

މި ގަރާރުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް އަންގާފައިވަނީ 30 ދުވަހުގެ ތެރޭގައި މިކަމާއި ގުޅޭ ރިޕޯޓެއް ހުށަހެޅުމަށެވެ. އޭގެ ފަހުން 15 ދުވަހުގެ ތެރޭގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވެއެވެ

އެމެރިކާހޫޘީ
Ad
Ad

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

2 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

5 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

5 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

6 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

6 ދުވަސް ކުރިން - 21:05

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%