Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފި

މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
549 ދުވަސް ކުރިން - 23 ޖެނުއަރީ 2025 10:42
ފޮޓޯ: އެމްއެމްޕީއާރުސީ
ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

މި ފެއާގައި ބައިވެރިވުމުން ސްޕެއިން އަދި ޔޫރަޕްގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ ޕްރެޒެންސް ހަރުދަނާކޮށް، ސަރަހައްދުގެ ލީޑިންގ މާކެޓްތަކުގެ ޓްރެވަލް އޭޖެންޓުންނާ ގުޅުންތަކެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރި.

މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ކަމަށްވާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ މި ފެއާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 25 ޕާޓްނަރުން ބައިވެރިވެއެވެ.

ފިތޫރަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންނާއި ލެޓިން އެމެރިކާގެ އިންބައުންޑް އަދި އައުޓްބައުންޑް ބައިނަލްއަގްވާމީ މާކެޓްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

Advertisement

Advertisement 1

އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ބައިވެރިވުމުން، ސްޕެއިން އަދި ޔޫރަޕްގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ ޕްރެޒެންސް ހަރުދަނާކޮށް، ސަރަހައްދުގެ ލީޑިންގ މާކެޓްތަކުގެ ޓްރެވަލް އޭޖެންޓުންނާ ވަރުގަދަ ގުޅުންތަކެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަކިވަކި ޕްރޮޕަޓީތަކުގެ އައު އުފެއްދުންތަކާއި ތަޖުރިބާތައް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ފިތޫރު 2025 ގައި ރާއްޖޭގެ ސްޓޭންޑުން ދައްކުވައިދެނީ ރާއްޖޭގެ ލަގްޒަރީ، ރޮމޭންޓިކް، އެޑްވެންޗަރ، ސަގާފީ، އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމެވެ. މީގެ އިތުރުން، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ދިވެހި ކެއުންތައް ރަހަބެލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ވީޑިއޯތަކާއި، އިތާ ހޮލިޑޭސްއިން ސްޕޮންސަރކޮށްފައިވާ ރެފަލް ޑްރޯއެއްގައި ބައިވެރިވެ ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ސްޕެއިނަކީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު 47،835 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ކުރިއެރުން ދެމެހެއްޓުމަށް ގިނަ ހަރަކާތްތައް މިއަހަރު އިތުރަށް ރާވާފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ފިތޫރު 2025 ގައި ދިވެހިރާއްޖެ ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ޔޫރަޕުގެ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ފެއާގައި ބައިވެރިވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.

މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ދާއިރާތަކުން ބައިވެރިވާ 25 ޕާޓްނަރުންގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އޭޖެންސީތަކާއި، ލައިވްއަބޯޑް އޮޕަރޭޓަރުން ހިމެނެއެވެ. މި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށެވެ.

އެމްއެމްޕީއާރުސީވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

76 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

90 ދުވަސް ކުރިން - 21:51

އައިޓީބީ ބާލިން 2027 ރާއްޖޭގައި

އައިޓީބީ ބާލިން 2027 ރާއްޖޭގައި

142 ދުވަސް ކުރިން - 15:02