އިންނަމާދޫ ވޮލީ ކޯޓް ރައީސް ހުޅުއްވައިދެއްވައިފި

ހުސައިން އިސްމާއިލް | 99 ދުވަސް ކުރިން - 23 ޖެނުއަރީ 2025 09:11
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންނަމާދޫ ވޮލީ ކޯޓް ހުޅުއްވައިދެއްވަނީ / ފޮޓޯ: ޚުލާޞާ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންނަމާދޫ ވޮލީ ކޯޓް ހުޅުއްވައިދެއްވަނީ / ފޮޓޯ: ޚުލާޞާ.
ޚުލާސާ

އިންނަމާދުއަށް ވައުދުވެވަޑައިގެންފައިވާ ކަންކަމުގައި، ޢަމަލީ ސިފަ ޖެހިގެންދާނީ ބާރު ސްޕީޑުގައި ކަމުގެ ޔަޤީންކަން ރައީސް ދެއްވި.

ރ. އިންނަމާދޫ ވޮލީ ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފަނުގެ އަރިހުގައި އިންނަމަދޫ ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި އަދި މިހާރު ރ. އަތޮޅުގެ ބައެއް ރަށްރަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާއި އެދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުޙައްމަދު ފަލާޙް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންނަ،ާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ، ރައްޔިތުން ބޭނުންވާ ކަންތައްތައް ގާތުން އޮޅުންފިލުއްވައި، އެކަންކަމަށް އަވަސް ހައްލުތަކެއް ގެނެސްދެއްވުމަށެވެ. އަދި ‏މިހާރު ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން، އިންނަމާދުއަށް ވައުދުވެވަޑައިގެންފައިވާ ކަންކަމުގައި ޢަމަލީ ސިފަ ޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، ވަރަށް ބާރު ސްޕީޑުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%