Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލައް ސިޓީގައި ހުއްޓިފައިވާ 11 ފަންގިފިލާގެ 5 ޓަވަރުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެ

ފުވައްމުލައް ސިޓީގައި ހުއްޓިފައިވާ 11 ފަންގިފިލާގެ 5 ޓަވަރުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެ

ހުސައިން އިސްމާއިލް
585 ދުވަސް ކުރިން - 23 ޖެނުއަރީ 2025 08:54
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު.
ޚުލާސާ

ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ހަވާލުކޮށްފައި އޮތް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް ފައިސާ ހަމަޖައްސާދީ ފެށުމަށް ވަނީ ތައްޔާރުވެފައި.

ފުވައްމުލައް ސިޓީގައި ހުއްޓިފައި އޮތް 11 ފަންގިފިލާގެ 5 ޓަވަރުގެ ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށާއި، އަނެއްބައި މަޝްރޫޢުތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މިމަހުގެ ތެރޭގައި މި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންޓްރެކްޓަރ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ހަވާލުކޮށްފައި އޮތް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް ފައިސާ ހަމަޖައްސާދީ ފެށުމަށް ވަނީ ތައްޔާރު ވެފައެވެ. އަދި މިދިޔަ 6 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރައިވެޓް ކުންފުނިތަކަށް ނުދެވި ހުރި ފައިސާތައްވެސް ދޫކޮށް، ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ޑރ. މިދިޔަ އަހަރު ފެބުރުއަރީގައި ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެތެރެއިން؛ އެރަށުގައި ހުއްޓިފައިވާ ޕްރޮޖެކްޓު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން.

ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް 2023 ވަނަ އަހަރު ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ޕީޓީ.ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުވައްމުލައް ސިޓީގައި އިތުރު 500 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ރަށްރަށުން މަޝްރޫޢުތައް ލަސްވާކަމުގެ ޝަކުވާ ލިބިފައިވެއެވެ. އަދި ހުއްޓިފައި ހުންނަތާ ހަތަރު ފަސް އަހަރުވެފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ރާވަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ ކޮންމެ ޓަވަރެއްގައި 1000 އަކަފޫޓުގެ 80 ފްލެޓް ހިމެނޭނެއެވެ. ކޮންމެ ފްލެޓެއްގައި 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމް ހިމެނޭނެއެވެ.

ފުވައްމުލައް ސިޓީމިނިސްޓަރު މޫސާ ޒަމީރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދީ، ކާރު އަތުލައިގެން

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު

1 ދުވަސް ކުރިން - 02:29

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

83 ދުވަސް ކުރިން - 22:06

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

84 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

84 ދުވަސް ކުރިން - 11:49

ފުވައްމުލަކު ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

105 ދުވަސް ކުރިން - 12:37