އިންނަމާދޫ ޒުވާނުންނާއެކު ރައީސް ފުޓްސެލް މެޗެއް ކުޅުއްވައިފި

ހުސައިން އިސްމާއިލް | 99 ދުވަސް ކުރިން - 22 ޖެނުއަރީ 2025 02:21
ރައީސް ޑރ. މުޢިއްޒު (ނ. 7) އިންނަމާދޫ ޒުވާނުންގެ އެދުމުގެ މަތިން އެމިހުންނާއެކު ފުޓްސަލް ކުޅުއްވަނީ. / ފޮޓޯ: ޚުލާޞާ
ރައީސް ޑރ. މުޢިއްޒު (ނ. 7) އިންނަމާދޫ ޒުވާނުންގެ އެދުމުގެ މަތިން އެމިހުންނާއެކު ފުޓްސަލް ކުޅުއްވަނީ. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މިއީ ބިޒީކޮށް އުޅުއްވަމުން ވެސް އިންނަމާދޫ ޒުވާނުންގެ އެދުމުގެ މަތިން އެމީހުންނާއެކު ވަގުތު ހޭދަކޮށްލުމުގެ ގޮތުން ރައީސް ކުޅުއްވި ފުޓްސެލް މެޗެއް.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދޫ ޒުވާނުންނާއެކު އެމްނިކުފާނު ފުޓްސަލް މެޗެއް ކުޅުއްވައިފިއެވެ.

އިންނަމާދޫއަކީ ރ. އަތޮޅަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 8 ވަނަ ރަށެވެ. އިންނަމާދޫއަށް ވަޑައިގަތުމުން އެރަށު ޒުވާނުންގެ އެދުމުގެ މަތިން، ބިޒީކޮށް އުޅުއްވަމުން ވެސް އެމަނިކުފާނު ވަނީ ވަގުތު ހޭދަކުރައްވާފައެވެ.

އިންނަމާދޫ ޒުވާނުންގެ އެދިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ފުޓްސަލް މެޗުގައި ބައިވެރިވި. / ފޮޓޯ: ޚުލާޞާ

އެކަމަށްޓަކައި އެރަށު ޒުވާނުން ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައިކަން ފާހަގަ ކުރެވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންނަމާދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިމާރާތުގެ ބިންގާ އެޅުމާއި، ވޮލީކޯޓު ހުޅުވުން ފަދަ ޙަރަކާތްތައް ހިމެނިފައިވެއެވެ. އަދި އިންނަމާދޫ ޒުވާން ވަޑިން އެދުނު ގޮތަށް ރަހުނަކާއި ނުލައި ވަޑިންނަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ވެސް އެރަށުގައި އޮތް ޖަލްސާގައި ރައީސް ދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%