އިންނަމާދޫގައި 50 ހައުސިންގ ޔުނިޓު އެޅުމަށް އިސްކަންދެއްވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 99 ދުވަސް ކުރިން - 22 ޖެނުއަރީ 2025 23:21
ރައީސް އިންނަމާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް އިންނަމާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންނަމާދޫގައި އަޅާ ހައުސިންގ ޔުނިޓްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ހިންގާނެ މަޝްރޫޢުތަކަށް މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ބިޑު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވި.

ރ. އިންނަމާދޫގައި 50 ހައުސިންގ ޔުނިޓު އެޅުމަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބޯހިޔާވަހިކަމަށް ކަމަށާއި އެ ސިޔާސަތުގެ ދަށުން އިންނަމާދޫގައި 50 ހައުސިންގ ޔުނިޓު އެޅުމަށް ހުޅުވާލާނެ ކަމަށެވެ. އަދި އިންނަމާދޫގައި އަޅާ ހައުސިންގ ޔުނިޓްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ހިންގާނެ މަޝްރޫޢުތަކަށް މިމަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ބިޑު ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިމަހުގެ ބާކީ މިއޮތް ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން އިޢުލާންކުރާނަން މިރަށުގައި އަޅާ ހައުސިންގ ޔުނިޓްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއް، އަޅުގަނޑު ވައުދުވީ ހުރިހާ މަޝްރޫޢުތައް ހިންގުމަށް އެކި ފަރާތްތައް ހޯދުމަށް. އެ މަސައްކަތް މިމަހުގެ ތެރޭގައި އަޅުގަނޑުމެން ބިޑަށް ހުޅުވާލަން އެބަ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުން ލިބި، ކައުންސިލުން އެކަމަށް ބިން ކަނޑައަޅެމާއެކު އެރަށުގައި 50 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢަކީ ސަރުކާރުން ބޯހިޔާވަހިކަމަށް ދެއްވާ އިސްކަމުގެ ދަށުން ކުރިއަށް ގެންދަވާ މަޝްރޫޢެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%