Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރައީސް ދެއްވީ އިންނަމާދޫގައި ބޯޓް ބިލްޑިންގ ތަމްރީން މަރުކަޒެއް ޤާއިމްކޮށް، ވަޑިންނަށް ރަހުނަކާނުލައި ލޯނު ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން

އައިޝަތު ރުވާ ރިފްޢަތު
629 ދުވަސް ކުރިން - 22 ޖެނުއަރީ 2025 23:10
ރައީސް އިންނަމާދޫގެ އޮޑިވެރިންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް އިންނަމާދޫގެ އޮޑިވެރިންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންނަމާދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުން ބޭނުންވާގޮތަށް އެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި.

އޮޑިދޯނިފަހަރު ބިނާކުރުމުގެ ދާއިރާގެ ވަޑިންނަށް ރަހުނަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، އެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ޚާއްސަ މަރުކަޒެއް ރ. އިންނަމާދޫގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިންނަމާދޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ އެއް ރަށެވެ. ރައީސް އިންނަމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވަޑިންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސައްކަތްކުރުމަށް ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، ޒުވާނުން އެދާއިރާއަށް ވަނުމުގައި ހުރި ގޮންޖެހުންތަކެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ، ބޭންކިންގ ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި ވަޑިންނަށް ލޯނު ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ދިވެހިންނަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށާއި، އެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ޚާއްސަ މަރުކަޒެއް އިންނަމާދޫގައި ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"މި މަސައްކަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ކުރިއަށްދެވޭނެ މަގު ފަހިކޮށްދޭނަން. އަދި މިއީ ހަމައެކަނި ދިވެހިން، ތަމްރީންވެގެން، ދިވެހިން ކުރިއަށްދާ އަދި މިދާއިރާއަށް ދިވެހިން އިތުރުވާތަން ދެކެން ބޭނުން. އެހެންވީމަ އެކަން ކުރާނަން. ދެން އޮތީ ކައުންސިލުން ބިން ދިނުން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގައި މިފަދަ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރުމުން، އާމްދަނީ ލިބޭނެގޮތަށް 20 އަހަރުގެ މުއްދަތަކަށް ކައުންސިލްތަކަށް ބިން ދޫކުރެވޭނެ ގޮތްވެސް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިންނަމާދޫގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. އަދި ސްކޫލަށް ޖާގަ އިތުރުކޮށްދީ، ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް، ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކޮށް، ގިރާ ސަރަޙައްދު ހިމާޔަތްކޮށް، ނަރުދަމާ ނިޒާމުގެ މައްސަލަތައްވެސް ޙައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ތަރުތީބުކުރައްވައިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިންނަމާދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުން ބޭނުންވާގޮތަށް އެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރ. އިންނަމާދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

2 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

2 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

2 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

3 ދުވަސް ކުރިން - 15:34

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

5 ދުވަސް ކުރިން - 15:40

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

5 ދުވަސް ކުރިން - 15:38