Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ބޭނުންފުޅުވަނީ މި ދައުރުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދޭން: ފަލާޙް

ރައީސް ބޭނުންފުޅުވަނީ މި ދައުރުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދޭން: ފަލާޙް

އައިޝަތު ރުވާ ރިފްޢަތު
584 ދުވަސް ކުރިން - 22 ޖެނުއަރީ 2025 22:43
ރައީސް އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ފަލާހް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ފަލާހް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ރައީސް ހުންނެވި އިރުވެސް ރާއްޖޭގައި ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދެވީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށް ފަލާޙް ވިދާޅުވި.

ދެވަނަ ދައުރަކަށް ނުވިސްނަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި ދައުރުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ ރައީސް މުޢިއްޒަކީ ވެރިކަމުގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިލެއްވި ފުރަތަމަ ރައީސް ކަމަށެވެ.

Advertisement

Advertisement 1

"ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޭނުންވީ އޯގާތެރި ވެރިއެއް. އެކަން ޢަމަލުން ރައީސް ދައްކަވަމުންދޭ." ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ރައީސް ހުންނެވި އިރުވެސް ރާއްޖޭގައި ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދެވީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށެވެ. އަދި މާލޭ ސިޓީގެ މޭޔަރުގެ މަޤާމާއި ވެރިކަމުގައިވެސް މަސައްކަތްކުރައްވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސުންނާ ތަފާތުކޮށް، ރައީސް މުޢިއްޒު ބޭނުންފުޅުވަނީ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރައްވައި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދެއްވުމަށް ކަމަށް ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ ކުރީގެ ވެރިން ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ޙައްލު ނުކޮށް ހުރި އެތައް މައްސަލަތަކެއް ރައީސް މުޢިއްޒުގެ ވެރިކަމުގެ އެއް އަހަރާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޙައްލުކޮށްދެއްވާފައިވާ ކަމަށެވެ.

"ތަރައްޤީއަކީ ހަމައެކަނި ރަށެއްގައި ހިންގާ މަޝްރޫޢުތަކެއް ނޫން. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި ހުރި މަސްތުވާތަކެއްޗާއި އެނޫންވެސް މުޖުތަމަޢުގައި ހުރި ނުބައި އާދަތައް ޙައްލުކޮށްފައި އަޅުގަނޑުމެން ކުރިއަށްދާން މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ދަތުރުކުރެވޭ މިންވަރު މާބޮޑުވާނެ." ފަލާޙް ވިދާޅުވިއެވެ.

އެގޮތުން، ޒުވާން ޖީލު ސަލާމަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ފަލާޙް ވިދާޅުވީ އެކަން ހާސިލުވެއްޖެނަމަ ޤައުމުގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށެވެ. އަދި ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ މި ކަންކަން ޙައްލުކުރެއްވުމަށް އަމާޒުކުރެވިފައިވާ ކަންކަން ކަމަށް ފަލާޙް ވިދާޅުވިއެވެ.

"ރައީސް ކުރައްވާ މަސައްކަތްޕުޅުން މުޅި ރާއްޖެ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް." ފަލާޙް ވިދާޅުވިއެވެ.

ރައީސްގެ ވެރިކަމުގެ އުޞޫލުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ފަލާޙް ވިދާޅުވީ ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ އުޞޫލާއި ހަމަޔާއާއި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށެވެ. މިއީ ރައީސްގެ ވެރިކަމުގެ މުހިންމު ސިފައެއްގެ ގޮތުގައި ފަލާޙް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމެމްބަރު އިބްރާހިމް ފަލާހްރ. އިންނަމާދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

14 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02