Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޯލިން ޓޮބޭކޯގެ ޝިޕްމަންޓް ދޫކުރީ ޤާނޫނަކުން އެތެރެކުރުން މަނާކޮށްފައި ނުވާތީ: ކަސްޓަމްސް

ރޯލިން ޓޮބޭކޯގެ ޝިޕްމަންޓް ދޫކުރީ ޤާނޫނަކުން އެތެރެކުރުން މަނާކޮށްފައި ނުވާތީ: ކަސްޓަމްސް

އައިޝަތު ރުވާ ރިފްޢަތު
504 ދުވަސް ކުރިން - 22 ޖެނުއަރީ 2025 20:28
ޑެޕިއުޓީ ޗީފް ސުޕަރއިންޓެންޑެންޓް އަހުމަދު ނިޔާޒް/ ފޮޓޯ: ސަންގު
ޑެޕިއުޓީ ޗީފް ސުޕަރއިންޓެންޑެންޓް އަހުމަދު ނިޔާޒް/ ފޮޓޯ: ސަންގު
ޚުލާސާ

ކަސްޓަމްސްއަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްކަން ފާހަގަކުރައްވައި، އަހުމަދު ނިޔާޒު ވިދާޅުވީ ކަސްޓަމްސްއިން އަބަދުވެސް އަމަލުކުރަނީ ޤާނޫނާ އެއްގޮތަށް ކަމަށް.

ރޯލިން ޓޮބޭކޯގެ ޝިޕްމަންޓެއް ދޫކޮށްލާފައި ވަނީ އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުން ޤާނޫނަކުން މަނާކޮށްފައި ނުވާތީ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިފަހުން ގެނައި އިސްލާހުތަކާއި ގުޅިގެން ސުވާލު އުފެދުމާއެކު، ރޯލިން ޓޮބޭކޯގެ ޝިޕްމަންޓެއް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް ދެ ހަފުތާއަށްފަހު އެ ޝިޕްމަންޓް ދޫކޮށްލާފައި ވަނީ ޤާނޫނަކުން އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ނެތުމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އާންމު އުސޫލުން ވެސް މުދަލެއް ރާއްޖެ އެތެރެކުރެވޭތޯ ނުވަތަ ނޫންތޯ، ޝައްކު އުފެދޭ ހާލަތެއްގައި އަޅުގަނޑުމެން ހިފަހައްޓަން. ހިފަހައްޓާފައި އެބަބަލަން، އެއްވެސް ޤާނޫނަކާއި ތައާރުޒުވޭތޯ، ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ޤާނޫނަކާއި އެކަމާއި ތައާރުޒުވޭތޯ. ބެލުމަށްފަހު ވަރަށް ބޮޑަށް ޔަގީންކުރުމަށްފަހު އަޅުގަނޑުމެން މި ދޫކޮށްލަނީ." ނިޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement 1

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުން އަދި ޤާނޫނަކުން މަނާކޮށްފައި ނުވާ ކަމަށް ކަސްޓަމްސްއިން ފާހަގަކުރިއެވެ.

މި ވަގުތު ރާއްޖެއަށް އެތެރެކުރުން ޤާނޫނަކުން މަނާކޮށްފައިވަނީ ވޭޕާއި، އީ-ސިނގިރޭޓުފަދަ ތަކެއްޗާއި އެތަކެތީގެ ބައިތައް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްކަން ފާހަގަކުރައްވައި، އަހުމަދު ނިޔާޒު ވިދާޅުވީ ކަސްޓަމްސްއިން އަބަދުވެސް އަމަލުކުރަނީ ޤާނޫނާއި އެއްގޮތަށެވެ.

ކަސްޓަމްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

34 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

46 ދުވަސް ކުރިން - 12:25

މިދިޔަ މަހު ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ ލިބިއްޖެ

ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ

46 ދުވަސް ކުރިން - 14:08

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

95 ދުވަސް ކުރިން - 13:27

ރާއްޖެ އެތެރެކުރަން އުޅުނު ހަކިލޯ ޑުރަގާއި އެކު އިންޑިއާ ދެމީހަކު ހައްޔަރު ކޮށްފި

އިންޑިޔާގެ ދެޒުވާނަކު ހަކިލޯގެ ޑުރަގާއި އެކު ހައްޔަރުކޮށްފި

97 ދުވަސް ކުރިން - 03:43

ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

116 ދުވަސް ކުރިން - 09:34