ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އުނގޫފާރުގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްފަހު، މިއަދު ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ އެއަތޮޅު ހުޅުދުއްފާރަށެވެ.
އިއްޔެ އެމަނިކުފާނު ވަނީ އުނގޫފާރަށް ވަޑައިގެންނެވުމުގެ ކުރިން ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އަރބަން ސެންޓަރެއްގެ ގޮތަށް ތަރައްޤީކުރަމުންދާ އުނގޫފާރުގައި ރޭ ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ވަނީ ފަށްޓަވައިދެއްވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަދު ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ. ހުޅުދުއްފާރުގައި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއި ކުރުން ވެސް އޮންނާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމެވެ.