އެއާ އެންބިއުލާންސްގައި 800 އަށް ވުރެ ގިނަ ބަލި މީހަކު އުފުލައިފި

އަހްމަދު އީޒާން | 270 ދުވަސް ކުރިން - 21 ޖެނުއަރީ 2025 12:56
އެއާ އެންބިއުލާންސް ހިދުމަތް ދިނުމަށް ބޭނުންކުރާ ބޯޓު / ފޮޓޯ: އެމްއޭސީއެލް
އެއާ އެންބިއުލާންސް ހިދުމަތް ދިނުމަށް ބޭނުންކުރާ ބޯޓު / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ހެލްތު މިނިސްޓްރީން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 700 ދަތުރުކޮށް، 804 ބަލި މީހުން އުފުލާފައިވާ ކަމަށް.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެބްލިއުލާންސްގައި މިހާތަނަށް 800 އަށް ވުރެ ގިނަ ބަލި މީހުން އުފުލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 700 ދަތުރުކޮށް، 804 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.

ރާއްޖޭގައި އެއާ އެބްލިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދާއި އެއްގޮތަށް އެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކެވެ. އެ ބޯޓު އެކީ ބަދަލު ކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލިމީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލު ތަކަށް ބަލި މީހުން އުފުލަ އެވެ. އަދި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިން ވެސް ތިބެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%