Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސް މުއިއްޒުގެ ނަން ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ލިޔެވޭނީ ރަންއަކުރުން: އާދަމް ޝަރީފް

ރައީސް މުއިއްޒުގެ ނަން ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ލިޔެވޭނީ ރަންއަކުރުން: އާދަމް ޝަރީފް

އުސްތާޛް މުޙައްމަދު ޢަލީ
531 ދުވަސް ކުރިން - 21 ޖެނުއަރީ 2025 07:34
ރައީސް މުއިއްޒުގެ ނަން ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ލިޔެވޭނީ ރަންއަކުރުން: އާދަމް ޝަރީފް
ޚުލާސާ

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އުމްރާނީ ގޮތުން ތަރައްޤީ ކުރެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެކަން މިއަދު ހާމަވެއްޖެ ކަމަށާއި، ރައީސް މުއިއްޒުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ ރަން އަކުރުން ކަމަށް

ރާއްޖޭގެ ތާރީޚުގައި، ލާމަރުކަޒީ ނިޒާމުގެ ސަފުހާ ތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަން ލިޔެވޭނީ ރަން އަކުރުން ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ 55 ރަށެއްގެ ކައުންސިލް އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ އިއްޔެއަކީ ތާރީޚީ ދުވަހެއް ކަމަށެވެ. އޭގެ ސަބަބަކީ ބޮލަށް ވެއްޓޭ ވަރަށް ހަލާކު ވެފައިވާ ކައުންސިލް އިދާރާ ތަކުގެ ބަދަލުގައި އައު ކައުންސިލް އިދާރާ ތަކެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަސް ކަމަށް ވާތީއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް ތައް އުމްރާނީ ގޮތުން ތަރައްޤީ ކުރެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެކަން މިއަދު ހާމަވެއްޖެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް މުއިއްޒުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ ރަން އަކުރުން ކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިމާރާތް އެޅުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާ އެކު ޤާއިމު ކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭ ކަމަށާއި، ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ ޢިމާރާތް ތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަގަކީ 36 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި 55 ކައުންސިލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު 50 ކައުންސިލް އިދާރާ އެޅުއްވުމުގެ މަޝްރޫޢެއް އިޢުލާން ކުރައްވާފައި ކަމަށާއި، ޗައިނާގެ އެހީގައި އަޅުއްވާ އެ ކައުންސިލް އިދާރާ ތަކުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.           

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރ އާދަމް ޝަރީފްލޯކަލް ގަވަމަންޓް މިނިސްޓްރީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

2 ދުވަސް ކުރިން - 14:50

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

6 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

6 ދުވަސް ކުރިން - 12:43

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓް އަންނަ އަހަރު ނިންމައި ހުޅުވާނެ: ރައީސް

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓް އަންނަ އަހަރު ނިންމައި ހުޅުވާނެ: ރައީސް

6 ދުވަސް ކުރިން - 12:09

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

6 ދުވަސް ކުރިން - 10:44

ޝަހީދު ހުސައިން އާދަމް ބިލްޑިންގ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ނިންމާފަ: ރައީސް

ޝަހީދު ހުސައިން އާދަމް ބިލްޑިންގ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

6 ދުވަސް ކުރިން - 08:53