މާލޭގެ ގެއެއްގައި މަސައްކަތު އުޅޭ ނޭޕާލުގެ މެއިޑަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގައި ނޭޕާލުގެ އަންހެނަކު ތިން އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ،
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ނޭޕާލުގެ އެ އަންހެން މީހާ އަނިޔާކުރީ ހާއްސަ އެހީތެރިކަން ވެސް ބޭނުންވާ ކުއްޖަކަށެވެ.









