އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭންކުރުމަށްފަހު އަނެއްކާ އަލުން ޚިދުމަތް ފަށައިފިއެވެ. މިއީ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނު މިއަދު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު އެމެރިކާގައި އެޕްލިކޭޝަނަށް އަލުން އެކްސެސް ދެއްވާނެ ކަމަށް ވިދާޅުވުމާދާޅުވުމާއި ގުޅިގެންނެވެ.
"ތެދުތެދަށް ބުނަންޏާ، އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތް. އަޅުގަނޑުމެން އެ ސަލާމަތްކުރަން ޖެހޭ،" ޓްރަމްޕް އާދީއްތަ ދުވަހު އޭނާގެ ވެރިކަމާއި ހަވާލުވުމުގެ ރަސްމިއްޔާތުގެ ކުރިން ބޭއްވި ރެލީއެއްގައި ވިދާޅުވިއެވެ. އަދި އެމެރިކާއިން 170 މިލިއަން މީހުން ބޭނުންކުރާ ކުރު ވީޑިއޯ ޙިއްޞާކުރާ އެޕްލިކޭޝަން އަލުން ފެށުމަށް ޖޮއިންޓް ވެންޗަރއެއް ހޯދާނެ ކަމަށް އިތުރުކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނު "ޤާނޫނުގެ މަނާކުރުންތައް ތަންފީޛުވުމުގެ ކުރިން މުއްދަތު އިތުރުކުރައްވާނެ ކަމަށް، އެއީ އަޅުގަނޑުމެންގެ ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް ޑީލްއެއް ހެދުމަށްޓަކައެވެ." އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އެމެރިކާއަށް ޖޮއިންޓް ވެންޗަރއެއްގައި 50% މިލްކުވެރިކަމުގެ ޕޮޒިޝަނެއް އޮތުމަށް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ބައެއް ރިޕަބްލިކަން ސެނެޓަރުން މިކަމާއި އިދިކޮޅު ހައްދަވައިފިއެވެ. ސެނެޓަރުން ޓޮމް ކޮޓަން އަދި ޕީޓް ރިކެޓްސް ވިދާޅުވެފައިވަނީ މިހާރު ޤާނޫނު ތަންފީޛުވެފައިވާތީ، އޭގެ ތަންފީޛުވާ ތާރީޚް 'އިތުރުކުރުމުގެ' އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށެވެ.









