Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުން ފެނުނު އާޘާރުތައް ދިރާސާކުރަނީ

ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުން ފެނުނު އާޘާރުތައް ދިރާސާކުރަނީ

އަހްމަދު އީޒާން
541 ދުވަސް ކުރިން - 20 ޖެނުއަރީ 2025 12:49
ކާށިދޫ ބާ ހުކުރު މިސްކިތުގެ އާޘާރުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ކާށިދޫ ބާ ހުކުރު މިސްކިތުގެ އާޘާރުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ޚުލާސާ

އެ ދިރާސާގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނި.

މީގެ ފަސް އަހަރު ކުރިން ކ. ކާށިދޫގެ ބައުވެފައިވާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާޘާރުތަކާއި ގުޅޭ ދިރާސާއެއް ހެރިޓޭޖް މިނިސްޓްރީން ފަށައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކާށިދޫން 2020 ވަނަ އަހަރު ފެނުނު އާޘާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެ ދިރާސާގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދިރާސާގެ މަސައްކަތް ކުރަނީ ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސާވޭ ގުޅިގެންނެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމުގައި ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭގެ ޓީމާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އާޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓްގައި ކިޔަވަމުން އަންނަ ދިވެހި ދެ ދަރިވަރަކު ވެސް ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދެ ހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީ ގޮތުން ބިމުގެ އަޑީގައި ހުންނަ އާޘާރީ ތަކެއްޗާއި މެދު އަމަލުކުރަންވީ ގޮތާއި އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާއި ހިއްސާކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
Ad
Ad

ގުޅޭ ޚަބަރުތައް

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

1 ދުވަސް ކުރިން - 22:41

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

92 ދުވަސް ކުރިން - 19:21

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި ކުރިއަށްދަނީ

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި

151 ދުވަސް ކުރިން - 12:57

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

165 ދުވަސް ކުރިން - 23:21

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކެއް!

307 ދުވަސް ކުރިން - 21:49

ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފަށައިފި

316 ދުވަސް ކުރިން - 17:35

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%