Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ އަވަހާރަވުން: ޝަރުޢީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް: ރައީސް

ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ އަވަހާރަވުން: ޝަރުޢީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް: ރައީސް

އާނާ ފަހީމް
552 ދުވަސް ކުރިން - 20 ޖެނުއަރީ 2025 08:59
ކުރީގެ ފަނޑިޔާރު އަލް މަރްޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ކުރީގެ ފަނޑިޔާރު އަލް މަރްޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ޚުލާސާ

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއީ ޤައުމަށް، ޚާއްޞަކޮށް ޝަރުޢީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ވިދާޅުވެފަ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މެސެޖުގައި ޝުޢައިބު ޒަކަރިއްޔާ އަވަހާރަވުމަކީ ދިވެހި ޤައުމަށް، ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ޤައުމަށް ޚިދުމަތްކުރައްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ޝުޢައިބު ޒަކަރިއްޔާއަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައި ޚާއްޞަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

Advertisement

Advertisement 1

ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ޚާއްސަ ގާޟީކަމާއި، ފެމިލީ ކޯޓުގެ ޤާޟިކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން ފުރުއްވާފައެވެ. އަދި 2011 އިން 2022 އަށް ހައިކޯޓުގެ ފަނޑިޔާރުކަމުގައި ޚިދުމަތް ކުރައްވާފައި ވެއެވެ.

ޝުޢައިބު ޒަކަރިއްޔާއަކީ 1977 ވަނަ އަހަރު ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

މަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

ހަންޏާމީދޫގައި ބަގީއަކާއި އެކު މޫދަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

ހަންޏާމީދޫގައި ބަގީއަކާއި އެކު މޫދަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

29 ދުވަސް ކުރިން - 14:26

މަންމަ މަރުވުމާއި ގުޅިގެން މިރޭގެ މެޗުގައި ފްރާންސްގެ ހެޑް ކޯޗު ނުފެންނާނެ

މަންމަ މަރުވުމާއި ގުޅިގެން މިރޭގެ މެޗުގައި ފްރާންސްގެ ހެޑް ކޯޗު ނުފެންނާނެ

29 ދުވަސް ކުރިން - 17:00

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

45 ދުވަސް ކުރިން - 13:11

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

59 ދުވަސް ކުރިން - 15:43