ދަރިވަރަކަށް އަނިޔާކުރި ޓީޗަރު ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި

އަހްމަދު އީޒާން | 271 ދުވަސް ކުރިން - 19 ޖެނުއަރީ 2025 18:56
ޚުލާސާ

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ޝަރުތުކޮށް އޭނާ ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ބުނި.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރުގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އޭނާ ގެއަށް ދޫކޮށްލައިފި އެވެ.

މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކުރުމުން ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައުމުން މި މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީގެ ފަރާތުންނެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްްގެ ދަށުން ހުކުރު ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ޝަރުތުކޮށް އޭނާ ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ކުދިންނަށް އުފާވެރި އަމާން މާހައުލެއްގައި ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

ދަރިވަރުންނަށް އަނިޔާކުރުމުގެ އެކި މައްސަލަތަކުގެ މީގެ ކުރިން ވެސް ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%