މަކަރާއި ހީލަތް ހެދުމާއި ގުޅުންހުރި މައްސަލައެއްގައި ލ. މާވަށު މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ލ. މާވަށް، އިތާ، ހުސައިން ނާއިސު މުހައްމަދު، 30 އެވެ.
ފުލުހުން ބުނީ އޭނާ އަކީ ހުޅުމާލެ 2 ގެ ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އޭނާ ހާޒިރުކުރުމަށް ބޭނުންވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހާޒިރުވާން ފުލުހުން ވަނީ އޭނާއަށް އަންގައިފަ އެވެ.









