Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މުދަލަކީ މާތް ﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިޢުމަތެއް: ޚުޠުބާ

މުދަލަކީ މާތް ﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިޢުމަތެއް: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު
518 ދުވަސް ކުރިން - 17 ޖެނުއަރީ 2025 13:05
ހުކުރު ނަމާދުގެ ވަގުތު
ހުކުރު ނަމާދުގެ ވަގުތު
ޚުލާސާ

އެހެން މީހުންގެ މުދަލަށް އަރައިގަތުމާއި، މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެއްކަން ހުތުބާގައި އިރުޝާދުދީފައިވޭ.

މުދަލަކީ اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިޢުމަތެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ އެއީ އެކަލާނގެ އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ޓަކައި ލައްވައިފައިވާ ސަބަބެއް ކަމަަށެވެ. އަދި މުދަލަކީ އިންސާނާގެ ޙަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެކަމަށް ޚުޠުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ مُحَمَّدٌ ﷺ ޙަދީޘްކުރައްވައިފައި ބަސްފުޅެއް ގައިވެއެވެ. (إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِيْ فِيْ الْمَالِ)[1] މާނައީ: "ހަމަކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ." 

Advertisement

Advertisement 1

"މުދަލަކީ ދެ މިޔަލީ ކަނޑިއެކެވެ. އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އިންސާނާ ޙަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ޙަލާލު ގޮތުގައި ވުނަކޮށްފިނަމަ، އަދި ޙަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެކެވެ." މިއަދުގެ ޚުޠުބާގައި ފަހަގަކުރިއެވެ.

އެގޮތުން، މުދަލަކީ އިންސާނާގެ ޙަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެކަމަށް ޚުޠުބާގައި ބުންޏެވެ. އަދި މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާކަން ޚުޠުބާގައި ފަހަގަކުރިއެވެ.

ޚުޠުބާގައި ބުނީ އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވައިފައިވާކަމަށެވެ. އަދި އެހެން މީހުންގެ މުދަލަށް އަރައިގަތުމާއި، މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެއްކަން ހުތުބާގައި އިރުޝާދުދީފައިވެއެވެ.

ކީރިތި ރަސޫލާ مُحَمَّدٌ ﷺ ޙަދީޘްކުރައްވައިފައި ބަސްފުޅެއް ގައިވެއެވެ. (مَنِ اسْتَعْمَلْنَاهُ مِنْكُمْ عَلَى عَمَلٍ، فَكَتَمَنَا مِخْيَطًا فَمَا فَوْقَهُ، كَانَ غُلُوْلًا يَأْتِيْ بِهِ يَوْمَ الْقِيَامَةِ) [1] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކަމަކަށް ތިމަންކަލޭގެފާނު އިސްކޮށްފި މީހާ، ތިނޯހެއް ނުވަތަ އެއަށް ވުރެ ބޮޑު މިންވަރެއް ވެސް ފޮރުވައިފި ނަމަ، އެ ކަން ވާހުށީ ޚިޔާނާތަކަށެވެ. ޤިޔާމަތް ދުވަހުން އެމީހަކު އެޚިޔާނާތާއިގެން އަންނާނެތެވެ." 

މީގެއިތުރުން ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުމަކީ ޙަރާމް ކަމެއްކަމާއި، އެއީ އަމާނާތަށް ޚިޔާނާތްތެރިވުމެއްކަން ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭކަމަށެވެ. ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއްކަމާއި، އެއީ ކަންކަން ފާސިދުކުރާ ވަބާއެއްކަމަށާއި އަދި އެއީ ޙައްޤު ބާޠިލަށް ހަދައި، އަދި ބާޠިލު ޙައްޤުކަމަށް ފުރޮޅައިލާ އާލަތެއްކަމަށް ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

"ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެކެވެ. ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށެވެ. ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތެއްނުވާނެކަން ކަށަވަރެވެ," ޚުޠުބާގައި ބުންޏެވެ.

އެގޮތުން، ޚުޠުބާ ނިންމާލީ މާތް ﷲގެ ހަޒްރަތުން އަޅަމެންނަކީ ޙަލާލު ގޮތުގައި މުދާ ހޯދައި، އެ މުދާ ޙަލާލު ގޮތުގައި ހޭދަކުރާ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

21 ގަޑިއިރު ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

7 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

14 ދުވަސް ކުރިން - 13:00

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

"ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތްދުވަހުގައި އޮތީ ނަރަކައިގެ އަޒާބު"

21 ދުވަސް ކުރިން - 13:03

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

28 ދުވަސް ކުރިން - 13:08

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10ދުވަހު ހެޔޮއަމަލުކުރުން ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 13:03