ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގެންފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެމްއެންޑީއެފް އިން އަތުލައިގެން ސްރީލަންކާގެ މަސްބޯޓު. / ފޮޓޯ: އެމްއެންޑީއެފް
އެއީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއް ކަމަށާއި، އެ ބޯޓުގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.









