ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެއްގައި މާލޭގެ ސްކޫލެއްގެ ޓީޗަރެއްގެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެކަން ހިނގާފައި ވަނީ މާލޭގެ ޕްރައިމަރީ ސްކޫލެއްގައި މިއަދު މެންދުރު ފަހު އެވެ. އެ ކުއްޖާއަށް ޓީޗަރަކު އަނިޔާ ކުރި މައްސަލަ މިނިސްޓްރީއަށް ހުށަހެޅީ އެ ސްކޫލުންނެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެ މައްސަލައިގައި ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ،
ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ކުދިންނަށް އުފާވެރި އަމާން މާހައުލެއްގައި ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަރިވަރުންނަށް އަނިޔާކުރުމުގެ އެކި މައްސަލަތަކުގެ މީގެ ކުރިން ވެސް ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވެ އެވެ.