ނެޓްފްލިކްސްގައި މަޝްހޫރުވެފައިވާ ސައުތު ކޮރެއާގެ ޓީވީ ސީރީޒް "ސްކުއިޑް ގޭމް 2" އަށް ކުރު މުއްދަތެއްގެ ތެރޭގައި 126 މިލިއަން ވިއުސް ލިބި، އައު ރެކޯޑެއް ހާސިލްކޮށްފިއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމް ކަމުގައިވާ ނެޓްފްލިކްސްއިން ހާމަކުރި ގޮތުގައި، މިއީ އެ ކުންފުނިން މީގެ ކުރިން ހާސިލްކޮށްފައިނުވާ ރެކޯޑެކެވެ. އެންމެ ހަތަރު ދުވަހުގެ ތެރޭގައި މި ސީރީޒްއަށް 68 މިލިއަން ވިއުސް ލިބި، އެންމެ ކާމިޔާބު ސީރީޒްގެ މަޤާމު ހޯދާފައިވާ ކަމަށް އެމެރިކާގެ އެންމެ ބޮޑު ސްޓްރީމިންގ ވެބްސައިޓް ކަމަށްވާ 'އެމެރިކަން ޖަޔަންޓް' އިން ވަނީ ހާމަކޮށްފައެވެ.
ސްކުއިޑް ގޭމް 2 ނެރުނު ފުރަތަމަ ހަފްތާގައި 58.2 މިލިއަން ވިއުސްއާއެކު ނެޓްފްލިކްސްގެ 91 ޤައުމެއްގައި އެންމެ މަޤުބޫލު އިނގިރޭސި ނޫން ސީރީޒްތަކުގެ އެއްވަނަ ހޯދާފައިވެއެވެ. މި ކާމިޔާބީއާއެކު، އަންނަ 80 ދުވަހުގެ ތެރޭގައި އިތުރު 139 މިލިއަން ވިއުސްއާއެކު ދުނިޔޭގެ އެންމެ މަޤުބޫލު ސީރީޒަށް ވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
ސްކުއިޑް ގޭމް 2 ގެ ކާމިޔާބީއާއެކު، ސްކުއިޑް ގޭމްގެ ފުރަތަމަ ސީޒަނަށްވެސް އަލުން ސަމާލުކަން ލިބި، އިތުރު 13.6 މިލިއަން ވިއުސްއާއެކު މި މަހުގެ ފަހެއްގައި ނެޓްފްލިކްސްގެ ދެވަނައަށް އެންމެ ގިނައިން ބަލާފައިވާ ސީރީޒް ކަމުގައި ވެފައިވެއެވެ.
ނެޓްފްލިކްސްއިން ބުނެފައިވާ ގޮތުގައި، ސްކުއިޑް ގޭމްގެ މި ކާމިޔާބީއަކީ އަޖައިބެއް ނޫނެވެ. މި ސީރީޒްގެ ކާމިޔާބީގެ ސިއްރަކީ، މި ސީރީޒް ޕްރޮމޯޓްކުރުމަށް ނެޓްފްލިކްސްއިން ތިން އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި އެ ކުންފުނިން ބުންޏެވެ،