ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކާއި ގުޅިގެން އައްޔަންކޮށްފައިވާ ހަތަރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މިއަދު ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރުހުން ހޯދުމަށް ހުށަހެޅި ހަތަރު ވަޒީރުންނަކީ:
1. ޑރ. މަރްޔަމް މާރިޔާ (މއ. މާރާދަގެ) - މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަނިމަލް ވެލްފެއަރ
2. މޫސާ ޒަމީރު (ތ. ބުރުނި، ނިވައިދޮށުގެ) - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
3. ޑރ. އަލީ ޙައިދަރު އަޙްމަދު (މއ. ވެނީލާގެ) - މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
4. ޑރ. އަބްދުﷲ މުއްތަލިބް (ގދ. ފިޔޯރީ، ގުލްބަކާގެ) - މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
މި ހަތަރު ވަޒީރުން އައްޔަންކުރެއްވީ ޑިސެމްބަރު 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލުތަކާއި ގުޅިގެންނެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.









