އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ ދެ މެންބަރުންގެ މަޤާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން މިއަދު ފާސްކޮށްފިއެވެ.
އީސީއަށް އައްޔަނުކުރުމަށް ހުށަހެޅުނު ދެ ބޭފުޅުންނަކީ:
1. މުޙައްމަދު ޒާހިދު (ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް)
2. އަބްދުއްރަޙްމާން ސަލާޙް ރަޝީދު (އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް)
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެ ނަމަށް ވަކިވަކިން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މި ދެ މަޤާމު ހުސްވެފައިވަނީ ކުރީގެ މެންބަރުންކަމުގައިވާ އަލީ ނަޝާތު އަދި މުޙައްމަދު އާޞިފް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.









