ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހަމާސްގެ ޝަރުޠު ތަކަށް އިސްރާއީލް ސަރުކާރުން މިރޭ އެއްބަސްވިޔަސް، ރަސްމީކޮށް ހަނގުރާމަ ހުއްޓާލިކަން ތަންފީޛު ކުރަން ފަށާނީ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް ތާނީ އިއުޢިން ކުރައްވައިފި އެވެ.
ތިން މަރުޙަލާއަކަށް ކުރިޔަށްދާ މި އެއްބަސްވުމުގެ ތެރެއިން ފުރަތަމަ މަރުޙަލާގައި އިންސާނީ އެހީތެރިކަން ގޯރުކޮށްދޭއިރު ދެވަނަ މަރުޙަލާގައި ދެފަރާތުން ގައިދީން ބަދަލުކުރާނެއެވެ. ތިންވަނަ މަރުޙަލާއަކީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަސް އިސްރާއީލުގެ ސިފައިން މުޅިން ޣައްޒާގެ ބިމުން ފޭބުމެވެ.
ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫގެ ސަރުކާރުން ހުށަހަޅާފައިވާ ކަންތަކާއި އަދި ހަމާސްއިން ހުށަހަޅާފައިވާ ކަންތައްތަކާމެދު ހަފްތާތަކެއް ވަންދެން ބަހުޘް ކުރުމަށްފަހު، ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއިން އެއްބްސްވިކަން އިޢުލާން ކޮށްފައިވާއިރު، އިސްރާއީލްގެ ބޮޑުވަޒީރު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އޮފިޝަލުން ބުނާ ގޮތުގައި ނަތަންޔާހޫ އަދި ޤަުމާއި މުޚާޠަބު ކުރައްވާނެއެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަމަށް ޤަޠަރުން އިޢުލާން ކުރުމާއެކު މިރޭ މިވަގުތު ނަތަންޔާހޫއާއި ދެކޮޅަށް ގިނަބަޔަކު މުޒާހަރާކުރަން ވަނީ ފަށާފައެވެ. އެމީހުން ގޮވަމުން ދަނީ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސް ނުވުމަށެވެ.









