15 މަސް ދުވަހަށް ދެމިގެން ދިޔަ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އިން އެއްބަސް ވެއްޖެއެވެ.
(އިތުރަށް ވިދާޅުވޭ: ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އާދެމެދު އެއްބަސްވުމެއް ވެވޭ ހިސަބުގައި)
ހަނގުރާމަ ހުއްޓާލަނީ މަރުޙަލާ ތަކަކަށް ބަހައިލައިގެންނެވެ.
ޤަތަރުގެ މެދުވެރިކަމުގައި ކުރިއަށް ގެންދާ މި އެއްބަސްވުމުގައި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ.
އޭގެތެރޭގައި:
1. ފޭސް 1: ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން ދޫކޮށްލާމަތިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫސދީ އިސްރާއީލްގެ 33 ރަހީނުން ދޫކޮށްލާން ޖެހެއެވެ.، އޭގެ ތެރޭގައި އެންމެ އިސްކަން ދޭނީ އަންހެނުންނާއި ކުޑަކުދިންނާއި ޒަޚަމްވެފައިވާ މީހުންނަށެވެ.
2. ދެވަނަ މަރުހަލާ: 42 ދުވަހުގެ ހަނގުރާމަ ހުއްޓާލުން ފަށާއިރު، އެ މުއްދަތުގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފައިބާނެއެވެ، އެއާއެކު ޣައްޒާއަށް ކާނާ އާއި ބޭހާއި ތެޔޮ އެތެރެކުރަން ހުއްދަ ދޭނެއެވެ.
3. ތިންވަނަ މަރުހަލާ: ބާކީ ތިބި ރަހީނުން ދޫކޮށްލައި، އިސްރާއީލުން އެކީއެކަށް މުޅިން ޣައްޒާގެ ކަންތަކާއި ވަކިވެ، ބައިނަލްއަޤްވާމީ ބެލުމުގެ ދަށުން ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށޭނެއެވެ.
ޣައްޒާ ހަނގުރާމަ މިވަގުތު ނިންމާލުމުގެ އެންމެ ބޮޑު ރޯލެއް ކުޅުނީ އެމެރިކާ ސަރުކާރުންނެވެ. ސަބަބަކީ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަވެ ޚާއްސަކޮށް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ މިމަހުގެ 20 ގައި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމުގެ ކުރިން ޑީލް ފައިނަލް ކުރަން މަސައްކަތް ކޮށްފައެވެ.
ހަމައެއާއެކު އެމެރިކާގެ ތާރީޚުގައި ހިނގި އެންމެ ފަނާކުރަނިވި ކެލިފޯނިއާގެ އަލިފާނުގެ މުސީބަތާއި ކުރިމަތިލާން ޖެހުމުން، ޚާއްސަކޮށް އިސްރާއީލްގެ މުއްސަނދިން ދިރިއުޅޭ ޕެލިސޭޑްސް އާއި އީޓަންގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ވެސް ޣައްޒާ ހަނގުރާމަ ހުއްޓާލަން ޖެހުނު ސަބަބެއް ކަމަށް ބައެއް ކޮލަމިސްޓުން ލިޔެފައި އެބަހުއްޓެވެ. އެމީހުން ބުނާ ގޮތުގައި އ3މެރިކާއިން އިސްރާއީލަށް އެހީތެރިވުމުގައި މިދަނޑިވަޅުގައި ވަގުތު ހޭދައެއް ނުކުރެވޭނެއެވެ. ނަމަވެސް، މި ދެ ހާދިސާ ގުޅުވައިދޭ ސީދާ ހެއްކެއް އެފަރާތްތަކުން ވެސް ދައްކާފައެއް ނެތެވެ.
ޣައްޒާ ހަނގުރާމަ ނިންމާލުމަށް އެއްބަސްވުމުން އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
ހަނގުރާމަ ނިންމާލަން އެއްބަސްވިއިރު އިސްރާއީލްގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ފަދައިން ހަމާސް އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބި ލިބިފައެވެ. 47،410 މީހުން ޣައްޒާއިން ޝަހީދުވި ކަމަށް ޑޮކިއުމެންޓް ކުރެވިފައިވާއިރު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ކުނިވެފައިވާ މީހުންގެ ޢަދަދެއް ނޭނގެއެވެ. އިސްރާއީލުން ސިފައިން ހިމެނޭހެން 1200 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.









