Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައްޙަ ނޫން ފޯމުތަކުގެ މައްސަލަ ޕީއެންސީން ބަލަނީ

ސައްޙަ ނޫން ފޯމުތަކުގެ މައްސަލަ ޕީއެންސީން ބަލަނީ

އަހްމަދު އީޒާން
558 ދުވަސް ކުރިން - 14 ޖެނުއަރީ 2025 14:10
ޕީއެންސީގެ އެތެރޭގެ އިންތިޚާބު. / ފޮޓޯ: ޕީއެންސީ
ޕީއެންސީގެ އެތެރޭގެ އިންތިޚާބު. / ފޮޓޯ: ޕީއެންސީ
ޚުލާސާ

ޕީއެންސީން ބުނީ ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވެގެން އެތައް ހާސް ފޯމެއް ހުށަހެޅިއިރު، މަދުން ނަމަވެސް ސައްޙަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށް.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްޙަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ހިނގި ގޮތް ބަލާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވެގެން އެތައް ހާސް ފޯމެއް ހުށަހެޅިއިރު، މަދުން ނަމަވެސް ސައްޙަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕީއެންސީން ބުނީ ޕާޓީއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ ޤާބިލުކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ. ފޯމުގެ ސައްޙަ ކަމާ މެދުގައި ސުވާލު އުފެދެނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުޙަލާގައި ކަމަށާއި މިއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

Advertisement

Advertisement 1

ސައްޙަ ނޫން ފޯމުތަކެއް ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވާތީ އެ ތަޙުޤީޤަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް ޕީއެންސީން ދިނެވެ،

"މިހާތަނަށް އެކި ފަރާތްތަކުން، ސައްޙަ ނޫން ފޯމްތަކެއް މި ޕާޓީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ލޮގް ކުރައްވާފައި ވާތީ، އެ ދެ މުއައްސަސާއިން ވެސް ވަނީ އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން މި ޕާޓީއަށް އަންގާފައެވެ." ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ ޕާޓީން ވެސް މިކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ޕީއެންސީން ބުނީ މި ކަހަލަ ކަންކަމަކީ އެ ޕާޓީން ތާއީދުކޮށް، ހިތްވަރު ދޭ ކަންކަން ނޫން ކަމަށާއި ދިމާވެފައިވާ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް، ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ނަމަ ޕާޓީއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

ޕީއެންސީއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

15 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

15 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

15 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

15 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

21 ދުވަސް ކުރިން - 21:23

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%