Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޫސުން ގޯސްވުމާ ގުޅިގެން ފެނަކައިގެ އިމަޖެންސީ ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވަނީ

މޫސުން ގޯސްވުމާ ގުޅިގެން ފެނަކައިގެ އިމަޖެންސީ ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވަނީ

އައިޝަތު ރުވާ ރިފްޢަތު
550 ދުވަސް ކުރިން - 13 ޖެނުއަރީ 2025 21:34
މީގެ ކުރިން ރާއްޖެއަށް ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި. / ފޮޓޯ: އެންޑީއެމްއޭ
މީގެ ކުރިން ރާއްޖެއަށް ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި. / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

ފެނަކައިގެ ބްރާންޗްތަކުގައި އެކުލަވާލާފައިވާ ކުއްލި ޙާލަތްތަކަށް އިޖާބަދޭ ޓީމްތައް، ރަށްރަށުގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރީ ޙާލަތުގައި ތިބި ކަމަށް ފެނަކައިން ހާމަކުރި.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިއްސާރަވާނެ ކަމަށް ލަފާކޮށް ނެރުނު ބަޔާނާ ގުޅިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިމަޖެންސީ ރެސްޕޮންސިވް ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ، ވިއްސާރައާ ގުޅިގެން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން، ފެނަކައިގެ ބްރާންޗްތަކުގައި އެކުލަވާލާފައިވާ ކުއްލި ޙާލަތްތަކަށް އިޖާބަދޭ ޓީމްތައް، ރަށްރަށުގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރީ ޙާލަތުގައި ތިބި ކަމަށެވެ.

ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ 151 ރަށުގައި މިފަދަ ކުއްލި ޙާލަތަށް އިޖާބަދޭ ޓީމްތައް އެކުލަވާލާފައިވާ ކަމަށާއި، މި ޓީމްތަކުގައި ޖުމްލަ 2,311 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement 1

"މިފަދަ ކޮންމެ ޙާލަތެއްގައިވެސް ރައްޔިތުންނާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ކުއްލި ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ފެނަކައިން އަބަދުވެސް އިސްކަންދޭނެ ކަމެކެވެ." ފެނަކައިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު އިންޒާރާ ގުޅިގެން، ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް، ކުއްލި ޙާލަތަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން ސިވިލް ޑިފެންސް އޮތޯރިޓީންވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ހަރަކާތްތެރިވަމުންނެވެ.

ފެނަކަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

4 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

5 ދުވަސް ކުރިން - 23:18

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ފެނަކަ ވަޒީފާއިން ވަކިވާން އެދިއްޖެ

27 ދުވަސް ކުރިން - 11:48

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމަނީ

49 ދުވަސް ކުރިން - 22:18

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

51 ދުވަސް ކުރިން - 21:56

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

ފެނަކައިގެ އެމްޑީއަކަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

81 ދުވަސް ކުރިން - 15:09