ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
އެސްޖީގެ މަގާމަށް މުއާޒް އައްޔަންކުރީ، އެ މަގާމު ހުސްކޮށް އޮންނަތާ 13 ދުވަހަށް ފަހު އެވެ.
ޕީއެންސީގެ އެސްޖީގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޒީނާޒު އަދުނާނެވެ. ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒުގެ މަގާމުގެ ދައުރު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
ޕީއެންސީގައި މި ވަގުތު 75،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ އަމާޒަކީ 100،000 މެމްބަރުން ހަމަކޮށް، އެ އަދަދު ހަމަކުރާ ރާއްޖޭގެ ފުރަތަމަ ޕާޓީއަށް ވުމެވެ.









