މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު) ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މުލުން ލުހެލައިފިއެވެ.
ދޮންކޮޅު ޕީއެންސީއަށް ސޮއިކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙަބާ ދަންނަވާފައެވެ.
I am pleased to accept the membership registration form of @Dhonkolhu. Welcome to PNC ! Congratulations 👏 👏👏 pic.twitter.com/cgp15PoE0W
— Dr Mohamed Muizzu (@MMuizzu)
?t=01Awd3bapwB8BdP2H3HzeQ&s=19
މީގެ ކުރިން ދޮންކޮޅު އަކީ އެމްޑީޕީގެ ދިފާޢުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އައި މީހުންގެ ލޯބި ހޯދާފައިވާ އެކްޓިވިސްޓެކެވެ. ނަމަވެސް މިފަހުން އޭނާ ވަނީ އެމްޑީޕީއަކީ ހެޔޮ ވެރިކަމެއް ހަލާކުކޮށް، ރައްޔިތުން މަގުމަތިކުރި ޕާޓީއެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމްޑީޕީއާއެކު އިތުރަށް ކުރާނެ މަސައްކަތެއް ނެތް ކަމަށް މީގެ އެއް ދުވަސް ކުރިން އޭނާ ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ.









