މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ނިޔާވެފައި އޮއްވައި ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ (59) އެވެ.
ފުލުހުން ބުނީ ޒަކީ ނިޔާވެފައި އޮތްކަމުގެ މަޢުލޫމާތު ދިނީ ހެމްވޭރުގައި ހުންނަ ގެސްޓްހައުސަކުން ކަމަށާއި ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ.
ފުލުހުން ދަނީ މިހާދިސާ ތަޙްޤީޤު ކުރަމުންނެވެ.









