Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމްމދީނުން އަންހެނުންނަށްވެސް އިލްމު އުނގަންނައިދިންކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރައްވައިފި

އިސްލާމްމދީނުން އަންހެނުންނަށްވެސް އިލްމު އުނގަންނައިދިންކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރައްވައިފި

އާނާ ފަހީމް
598 ދުވަސް ކުރިން - 10 ޖެނުއަރީ 2025 23:46
ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤުރީރު ކުރެއްވުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤުރީރު ކުރެއްވުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާއޮ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އިސްލާމްދީނުން އަންހެނުންނަށް އިލްމު އުނގަންނައިދިން ގޮތް ފާހަގަކުރައްވާފަ.

އިސްލާމްދީނުގައި އިލްމު އުނގަންނައިދީފައިވަނީ ހަމައެކަނި ފިރިހެނުންނަށް ނޫންކަމަށާއި އަންހެނުންވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ)ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމުދިނުމާއި ބެހޭގޮތުން ޕާކިސްތާނުގައި ބޭއްވުނު ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.

ތަޤުރީރުގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އަދި ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެރިކަމުގެ ނަމޫނާއެއް ކަމަށާއި، ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް ޚާއްޞަ ކުރެއްވިކަން ސާބިތުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ވަޒީރުގެ ތަޤުރީރުގައި އިލްމު ފެތުރުމަށް ރާބިޠާއިންނާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތައް ވެސް ފާހަގަ ކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މުސްލިމް ވޯލްޑް ލީގްގެ ސުޕްރީމް ކައުންސިލްގެ މެންބަރެކެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުޕާކިސްތާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

5 ދުވަސް ކުރިން - 09:54

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

43 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

44 ދުވަސް ކުރިން - 19:54

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

54 ދުވަސް ކުރިން - 00:39