Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

އަައިޝަތު ޒީނާ
654 ދުވަސް ކުރިން - 9 ޖެނުއަރީ 2025 16:33
ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ގއ. ދެއްވަދޫއަށް ވަޑައިގެންނެވުން. / ފޮޓޯ: ރައީސް އޮފީސް
ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ގއ. ދެއްވަދޫއަށް ވަޑައިގެންނެވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ވަނީ ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ ވަރަށް މުހިންމު، އުންމީދީ މަޢުލޫމާތުތަކެއް ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ. އެ އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގެތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށާއި، މި ފުރުޞަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިއްޕެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަންކަމުގައި ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުންކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް ޙާލަތުން ސަލާމަތްކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތުވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. 

Advertisement

Advertisement 1

މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ.

ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހުވަދޫ އަތޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެސްއެމްއީތަކަށް ބޮޑެތި ލުއިތަކެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އެސްއެމްއީތަކަށް ބޮޑެތި ލުއިތަކެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

1 ދުވަސް ކުރިން - 13:32

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

3 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

4 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

4 ދުވަސް ކުރިން - 10:30

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

4 ދުވަސް ކުރިން - 22:54