Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޢުދުތައް ފުއްދަވައިދެއްވާނެކަމަށް އުއްމީދުކުރެއްވުމާއެކު ޔަޤީންވެސް ކުރައްވާ: ރައީސް

ވަޢުދުތައް ފުއްދަވައިދެއްވާނެކަމަށް އުއްމީދުކުރެއްވުމާއެކު ޔަޤީންވެސް ކުރައްވާ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
553 ދުވަސް ކުރިން - 9 ޖެނުއަރީ 2025 13:22
ރައީސް ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ސަބަބުން، ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި.

ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމަށް އުއްމީދުކުރެއްވުމާއެކު ޔަޤީންވެސް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ސަބަބުން، ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް ގިނަ އުއްމީދުތަކާއެކުގައި ކަމަށާއި، އެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

"މާލޭގައި ހުރެ ސިޓީއަކުން ނުވަތަ ކޮންމެވެސް ރިކުއެސްޓެއްގެ ތެރެއިން އަންނަ ކަންކަމުގެ ތެރެއިން އެއްކަމަކީ ލަސްވުން. އަނެއްކަމަކީ ވަރަށް ގިނަ ފަހަރު ރައްޔިތުން ބޭނުންވާގޮތް ނުވެފައޮވޭ." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ގިނަ އަހަރުތަކުގެ ތަޖުރިބާއަށް ބިނާކޮށް، ސީދާ ރައްޔިތުންނާ ބައްދަލުކޮށް ކަންކަން އޮޅުންފިލުވުމުން ކަންކަން ފަސޭހަވެގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރަކީ އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށިގެންދާނެ ދެ އަހަރު ކަމަށެވެ. އަދި މި ވައުދުތައް ފުއްދަވާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގއ. ދެއްވަދޫ
Ad
Ad

ގުޅޭ ޚަބަރުތައް

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

14 ގަޑިއިރު ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

14 ގަޑިއިރު ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

3 ދުވަސް ކުރިން - 17:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%