Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެއްވަދޫގެ ތަރަޤީއަށް ރައީސް ވެވަޑައިގެންނެވީ ފޮނި އުންމީދީ ގިނަ ވައުދުފުޅުތަކެއް

ދެއްވަދޫގެ ތަރަޤީއަށް ރައީސް ވެވަޑައިގެންނެވީ ފޮނި އުންމީދީ ގިނަ ވައުދުފުޅުތަކެއް

އައިޝަތު ރުވާ ރިފްޢަތު
508 ދުވަސް ކުރިން - 9 ޖެނުއަރީ 2025 12:58
ރައީސް ދެއްވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ދެއްވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދެއްވަދޫގެ ސިއްހީ މަރުކަޒުގައި އަޕްގްރޭޑްކޮށް ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ހަމަޖައްސައިދިނުމާއި، ވޮލީ ކޯޓަކާއި، ދަނޑުގައި ޓާފް އެޅުމާއި، އައުޓްޑޯ ޖިމަކާއި، ސީ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިޓީ ހޮޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ.

ގއ. ދެއްވަދޫއަށް އާ އައިސްޕްލާންޓެއް ގެނެސްދެއްވާނެ ކަމަށާއި އެ ރަށުގެ ބަނދަރާއި ރަށްގިރުމާއި ކުނި ކޮށީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ދެއްވަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެއްވަދޫގައި ވަރަށް މުހިންމު ސަމާލުކަމެއް ދީގެން ހައްލުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ރަށްގިރުމުގެ ބޮޑު މައްސަލައާއި، ބަނދަރާއި ކުނި ކޮށީގެ މައްސަލަ އެކުއެކީގައި ހައްލުވާނެ ގޮތެއް ހޯދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"މި އަހަރުގެ ބަޖެޓްގެ ތެރެއިން މިކަމަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ. ކައުންސިލްގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ގުޅިގެން މި ތިން މައްސަލަ އެކުގައި ހައްލުވާނެ ވަށާޖެހޭ ހައްލަކަށް ވަޑައިގަތުމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement

މީގެ އިތުރުން، ދެއްވަދޫގެ ސިއްހީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ގާއިމްކުރުމާއި، ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ހަމަޖައްސައިދިނުމާއި، ވޮލީ ކޯޓެއް އެޅުމާއި، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމައިދިނުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، ސީ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިޓީ ހޮޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމުގެ ވައުދުވެސް ރައީސް ވެވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ދެއްވަދޫގެ ގިނަ ރައްޔިތުން ޝާމިލްވާ ދާއިރާއެއް ކަމަށާއި، މަސްވެރިންނަށް ދިމިންނަށް ދިމާވެފައިވާ ދަތިތަކާއި އުންމީދުތައް ފުރިހަމަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވެލެއްވި ވައުދު ފުއްދަވައި، މިހާރު ބަރާބަރަށް ފައިސާ ދެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސީދާ ރައްޔިތުންގެ ގާތަށް އައިސް ކަންކަން އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގއ. ދެއްވަދޫ

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

3 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

6 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

13 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

14 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

15 ގަޑިއިރު ކުރިން - 11:51

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

16 ގަޑިއިރު ކުރިން - 10:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%