Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނަން: ރައީސް

ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
563 ދުވަސް ކުރިން - 9 ޖެނުއަރީ 2025 00:11
ރައީސް މާމެންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޚުލާސާ
ރައީސް މާމެންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޚުލާސާ
ޚުލާސާ

ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ތަރައްޤީގެ ނަފާ ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން އޮވެގެންކަމަށާއި، އެހެންކަމުން ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާމެންދޫ އަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ އެ އަތޮޅު ދެއްވަދޫ އަށެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޙަގީގީ މާނައިގައި ތަރައްޤީ ގެނައުމަށްޓަކައި ޤައުމުގެ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އެހެންކަމުން ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ކުރާނަމަ ޤައުމީ ވިސްނުމެއްގައި އެކަމެއް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވައި ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ 14 މަސްދުވަހުވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔަވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މިއަހަރުގެ ތެރޭގައި ބަޖެޓުގެ ތެރެއިންނާއި ބޭންކުތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ބޯހިޔަވަހިކަމެއް ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ސްކީމްތަކުގެ ބޭނުންކޮށް މި 5 އަހަރު ނިމިގެންދާއިރު ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ ފުރަތަމަ ގެދޮރު ލިބިފައި ހުރުމަށް އެދިވަޑައިގަންނަވާކަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވިދާޅުވީ ހަގީގީ މާނައިގައި ތަރައްޤީ ކަށަވަރުކުރެވޭނީ ޤައުމުގެ ހަމަޖެހުން ޔަގީންކުރެވިގެން ކަމަށާއި އެކަން ޔަގީންކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ އަޑުއެއްސެވިއެވެ. އަދި އެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހުވަދުއަތޮޅުގެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގއ. މާމެންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

3 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

19 ގަޑިއިރު ކުރިން - 20:04