Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިކަމުގެ ސިނާޢަތަށް އައު އުންމީދެއް: މިއަހަރު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ

މަސްވެރިކަމުގެ ސިނާޢަތަށް އައު އުންމީދެއް: މިއަހަރު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ

އާނާ ފަހީމް
559 ދުވަސް ކުރިން - 8 ޖެނުއަރީ 2025 22:50
ވަޒީރު ޝިޔާމް/ ފޮޓޯ: ޕީއެންސީ
ވަޒީރު ޝިޔާމް/ ފޮޓޯ: ޕީއެންސީ
ޚުލާސާ

އައު މަސްކާރުހާނާއެއް އެޅުމާއި، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް މިއަހަރަކީ މަސްވެރިކަމުގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުތަކުގައި ކުލަޖެހިގެންދާނެ އަހަރު.

މަސްވެރިކަމުގެ ސިނާޢަތަށް މިއަހަރު އައު އުންމީދުތަކެއް ގެނެސްދޭނެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މިއަހަރަކީ މަސްވެރިކަމުގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމަށެވެ. މިގޮތުން، ގދ. ފިޔޯރީގައި އައު މަސްކާރުހާނާއެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކާރުހާނާގައި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ތަރައްޤީކުރެވޭނެއެވެ.

މީގެއިތުރުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމެވެ.

Advertisement

Advertisement 1

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން ދަނީ މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެމުން ކަމަށެވެ. އަދި ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް މަސްވެރިން ވަރަށް ބޮޑަށް ބަލައިގަންނަކަން ފާހަގަކުރެވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

57 ދުވަސް ކުރިން - 14:27

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

ޓެރިފް ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

61 ދުވަސް ކުރިން - 11:17

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

62 ދުވަސް ކުރިން - 18:18

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

63 ދުވަސް ކުރިން - 13:05