މިލާނުގެ ކޯޗު ރުޅި އައިސްގެން ޓީވީއެއް ތަޅާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 114 ދުވަސް ކުރިން - 7 ޖެނުއަރީ 2025 19:44
މިލާނުގެ އައު ކޯޗު ސާޖިއޯ ކޮންސެސާއޯ.
މިލާނުގެ އައު ކޯޗު ސާޖިއޯ ކޮންސެސާއޯ.
ޚުލާސާ

ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ޕަފޯމަންސްއާމެދު ކޮންސެސާއޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ރުޅި އައިސް، އޭނާގެ ހިތްހަމަނުޖެހުން ކުޅުންތެރިންނަށް ދައްކާލުމުގެ ގޮތުން ޓީވީގައި ތެޅިތެޅީނުން ތަޅުމަށް ވައްޓާލައި ހަލާކުކޮށްލި.

މިލާނުގެ އައު ކޯޗު ސާޖިއޯ ކޮންސެސާއޯ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ސުޕަރކޮޕާ އިޓާލިއާނާ ސެމީފައިނަލް މެޗުގެ ހާފްޓައިމްގައި ޓީމުގެ ޑްރެސިންގ ރޫމުގައި ހުރި ޓީވީއެއް ހަލާކުކޮށްލައިފިއެވެ.

މި ޚަބަރު ފެތުރީ މިލާނުގެ ކުރީގެ ތަރި އަދި މިހާރުގެ ރެޑްބާޑް އެޑްވައިޒަރު ޒްލަޓަން އިބްރަހިމޮވިޗެވެ. ހަބަރުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގީ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގައެވެ.

ކޮންސެސާއޯ މިލާނުގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ކާމިޔާބު ހޯދައި، ސުޕަރކޮޕާ އިޓާލިއާނާގެ ޗެމްޕިއަންކަން ރޭ ވަނީ ހޯދާއެވެ. ޖުވެންޓަސްއާ ދެކޮޅަށް ކުޅުނު ސެމީފައިނަލް މެޗު 2-1 އިން ކާމިޔާބުކުރުމަށްފަހު، ފައިނަލްގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅެ 0-2 ގައި އޮއްވާ ފަހަތުމް އަރައި 3 ގޯލު ޖެހުމަށްފަހު ވަނީ ތަށި ނަގާފައެވެ.

ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ޕަފޯމަންސްއާމެދު ކޮންސެސާއޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ރުޅި އައިސް، އޭނާގެ ހިތްހަމަނުޖެހުން ކުޅުންތެރިންނަށް ދައްކާލުމުގެ ގޮތުން ޓީވީގައި ތެޅިތެޅީނުން ތަޅުމަށް ވައްޓާލައި ހަލާކުކޮށްލިއެވެ.

މިލާނުގެ ކުޅުންތެރިން ކަމަށްވާ ރަފައެލް ލެއާއޯ އަދި ކްރިސްޓިއަން ޕުލިސިޗް ބުނެފައިވަނީ އައު ކޯޗު ޓީމަށް ގެނެސްދިނީ "ތަފާތު ހަކަތައަކާއި ވައްޓަފާޅިއެއް" ކަމަށެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%