ފަހަތުން އަރައި ޔުވެންޓަސް ބަލިކޮށް މިލާނުން ފައިނަލަށް

އުސްތާޛް މުޙައްމަދު ޢަލީ | 117 ދުވަސް ކުރިން - 3 ޖެނުއަރީ 2025 04:04
އޭސީމިލާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
އޭސީމިލާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

އޭސީމިލާނުން ފައިނަލްގައި ވާދަކުރާނީ 4 ވަނަ ފަހަރަށް ސުޕަކަޕްގެ ތަށި ދިފާޢު ކުރުމަށް ނުކުންނަ އިންޓަމިލާނާއި ދެކޮޅަށް.

އިޓަލީ ސުޕަ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ރިޔާޒުގެ އަލްއައްވަލް ޕާކް ސްޓޭޑިއަމްގައި ފަހަތުން އަރައި ޔުވެންޓަސް ބަލިކޮށް އޭސީ މިލާން ފައިނަލަށް ދަތުރު ކޮށްފިއެވެ.

2-1 ލަނޑުން މިލާން މޮޅުވި މިމެޗުގައި ފުރަތަމަ ގޯލު ޖެހީ ޔުވެންޓަސް އިންނެވެ. 21 ވަނަ މިނެޓްގައި ޔުވެންޓަސްއިން ގޯލް ހުޅުވާލީ ތުރްކިޔޭގެ ފޯވާޑް ކެނަން ޔިލްޑިޒް އެވެ.

ނަމަވެސް، ދެވަނަ ހާފުގައި އޭސީ މިލާނުން ރައްދުދީ، 71 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު ނިކޮލޯ ސަވޯނާ ތިއޯ ހަނާންޑޭޒް އަށް ކުރި ފައުލަކަށް ފަހު ޕެނަލްޓީއަކުން ކްރިސްޓިއަން ޕުލިސިޗް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އޭގެ އެންމެ ފަސް މިނެޓް ފަހުން މިލާނުން ލީޑު ނެގީ ޔުވެންޓަސްގެ ޑިފެންޑަރު ފެޑެރިކޯ ގާޓީގެ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މި މޮޅަކީ ދާދި ފަހުން ޕައުލޯ ފޮންސެކާ ބޭރުކޮށްލުމަށްފަހު މިލާނާއި ހަވާލުވި އާ ކޯޗު ސާޖިއޯ ކޮންސެއިސޯގެ ފުރަތަމަ މެޗެވެ.. މި މޮޅާއެކު މިލާން ސުޕަ ކަޕް ފައިނަލަށް ދަތުރުކުރާއިރު، އެ މެޗުގައި ބައްދަލުކުރާނީ ސިޓީގެ ވާދަވެރި އިންޓަ މިލާންއާ އެވެ.

ކުރިއަށް އޮތް ފައިނަލަކީ އޭސީ މިލާނަށް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތެކެވެ. ކޮންސެއިސޯއަށް އޭނާގެ ދައުރުގެ ކުރީކޮޅު ރިހި މެޑަލް ނުވަތަ ރަން މެޑެލް ހޯދުމުގެ ފުރުސަތެކެވެ. އެއާއި ޚިލާފަށް އިންޓަ މިލާނުން އަމާޒު ހިފާނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކުރުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%