ފީފާ ކުލަބް ވޯލްޑު ކަޕުގައި ޔުވެންޓަސް ލަދުވެތި ގޮތަކަށް މެންޗެސްޓަރ ސިޓީން ބަލިކޮށްފިއެވެ.
މި ދެޓީމު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުތް އިރުވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. 2-5 ގެ ނަތީޖާއިން ނިމުނު މި މެޗުގައި ސިޓީއަށް ގޯލުތައް ޖަހައިދިނީ ޑޮކޫ، ހާލަންޑު، ފޮޑެން، ސަވީނިއޯ އަދި ޔުވެންޓަސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ޖެހުނު ގޯލެކެވެ. ޔުވެންޓަސް އަށް ގޯލު ޖަހައިދިނީ ކޫޕިމެއިނާސް އަދިލަހޮވިކެވެ.
ގްރޫޕް ޖީގައި ދެން ކުޅުނީ މޮރޮކޯގެ ކަސަބްލާންކާއާއި ޔޫއޭއީގެ އަލް-އައިން އެވެ. އެ މެޗު އަލް އައިސް 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، ޖުމްލަ ތިން ޕޮއިންޓާއެކު އޮތީ 3 ވަނައިގައެވެ. ކަސަބްލާންކާ ހުރިހާ މެޗަކުން ވީ ބައްޔެވެ.
ދެވަނަ ބުރުގެ މެޗުތައް އަންނަ ހަފްތާގައި ކުޅޭނެ އިރު ޔުވެންޓަސް ބައްދަލުކުރާނީ ރިއަލް މެޑްރިޑެވެ. އަދި ސިޓީއާ ދެކޮޅަށް ނިކުންނާނީ އަލް-ހިލާލެވެ.






